ކާއެތިކޮޅެއް ވެއްޓިއްޖެނަމަ އޮތީ ނަގައި ކުނިވަށިގަނޑަށްލުމެއް ނޫނެވެ. ސާފުކޮށްލައިގެން ކެވޭނެނަމަ ކެއުމެވެ. އެއްލައިލަންވާނީ ސާފުތާހިރުނުކުރެވިއްޖެނަމަ އެވެ. އަލުން ދޮވެލައިގެންނަމަވެސް ނުކައި ދޫކޮށްނުލާށެވެ.
މިގެނެސްދެނީ ހަމަ ވަރަށް ފަހުން މިއަދުނޫހުގައި ޝާއިޢުކުރި ލިޔުމެއްގެ ބައެކެވެ. ބައެއް މީހުން ސުރުޚީ އެކަނި ކިޔާލާތީ މިކަން ފާހަގަނުކުރެވި އޮވެދާނެކަމަށްޓަކައެވެ. މިއީ ރަނގަޅަށް ނުވިސްނައި ދޫކޮށްލަންވާވަރަށްވުރެ މާމުހިންމުކަންބޮޑު މައްސަލައަކަށްވާތީއެވެ.
"---ދަރިވަރަކު އެންމެންނަށް މެންދުރުގެ ކެއުން ގެނައުމުން އެންމެން އެކުގައި ކާންފެށިއެވެ. އަހަރެންވެސް ކާންފެށީމެވެ. ނަމަވެސް ޖިންނި އުނދަގޫވެފައިއިން ކުއްޖާ ކާކަށް އެއްބަހެއް ނުވިއެވެ. ބަނޑުހައި ނުވާކަމަށް ބުނެ ކަނެއްގައި އިށީނދެގެން އިނީއެވެ.
ދަރިވަރެއްގެ އަތުން ބަތްސުވަލެއް ތަޅުންގަނޑުމައްޗަށް ވެއްޓުނެވެ. އެ ނުނަގައި އެދަރިވަރު ދެވަނަފަހަރު ކާއެއްޗެތިނަގަންދިއަތަނާ ނުކައި ކަނުގައި އިން (ޖިންނި އަވަލާފައިވާ) ދަރިވަރު ދުވެފައި އައިސް އޭނާގެ ވައަތުން އެބަތްސުވާ ނަގައި ކައިލިއެވެ.
(މިހާދިސާ ސިފަކޮށްދެއްވަމުން ޑރ. ޔާސިރު ޤާދީ ވިދާޅުވެފައިވެއެވެ. އެ ދަރިވަރު ބިމުގައި ދެމެމުން ކާއެތިކޮޅާއި ދިމާއަށް އައި މަންޒަރު އެންމެ ވައްތަރީ ބަނޑުހައިވެފައި އޮންނަ ހަރުފައަކަށް ކާނެ އެއްޗެއް ފެނުމުން އަތުލައިގަންނަންދާނެ ގޮތާއިއެވެ. ސުބްހާނަﷲ)
މިވީ ކިހިނަކުން ހެއްޔެވެ؟ ފުރަތަމަ ކަމަކަށް ދަރިވަރު ނުކައި އެއިނީ އަހަރެމެން ބިސްމިﷲ ކިޔައިގެންކާތީއެވެ! ދެވަނަ ކަމަކަށް ފެނިގެން އެދިއައީ ކާއެއްޗެއް ވެއްޓުނު ނަމަވެސް ނަގައި ސާފުކޮށްލައިގެން ކެއުމަށާއި ނުކައިފިނަމަ ޝައިޠޯނާ އެތަކެތި ކާނެކަމަށް އޮތް ޙަދީޘްފުޅުގެ ތެދުކަމެވެ. އޭނާ އެ ޢަމަލުކުރީ އޭނާގެ ހަށިގަނޑުގައިވާ ޝައިޠޯނާ ބޭނުންވާ ގޮތަށެވެ. ވައަތުން ސުވާނަގައި ޝައިޠޯނާއަށް ކާންދިނީއެވެ."
ނަމަވެސް މިއަދު މިހެދޭގޮތަކީ ކާއެތިކޮޅެއް އެންމެ ކުޑަމިނުން ކާމޭޒުމައްޗަށް ވެއްޓުނު ނަމަވެސް މިތިބެނީ ނަގައި ބޭނުންކުރަން ފަކުރުންނެވެ. ހައިޖީނިކަންބޮޑުވެގެންގޮސް ހައިޖީންނަށް ހުސްވެވޭއިރު އަސްލު ޖިންނި އައިސް މިއިންނަނީ ތިމާގެ ތަށިންވެސް ކާށެވެ. އެއީ ބިސްމިﷲ ނުކިޔައިތާތީއެވެ! އަދި ވެއްޓުމުން ނަގައި އަލުން ބޭނުންނުކުރާ ތަކެތި އަސްލު ޖިންނިތައް (ޝައިޠޯނުން) އެގެންދަނީ ދ
މިހާދިސާގައި އެދަރިވަރަށް އެއެތޮކޮޅު ނުނެގިއެވަނީ އެވަގުތު ކަންބޮޑުވެފައި ހުރިވަރުންކަމަށްވެދާނެއެވެ. ނަމަވެސް މިޒަމާނުގައި ގިނަ ބައަކު ނުނަގަނީ ބަލިތަކުން ސަލާމަތްވުމަށް ހައިޖީނިވާށެވެ! ޙަދީޘްފުޅަށް ފަރުވާކުޑަކޮށް އެގޮތަށް ހައިޖީނިވީމާ މިފެންނަނީ އެންމެ ބޮޑަށް ބިރުވެތިވާންޖެހޭ ޖިންނި (ޝައިޠޯނާ) އައިސް ވެރިވެގަންނަތަނެވެ.
މިއީ މަޝްހޫރު ދީނީ ޢީލްމުވެރިޔާ ޑރ. ޔާސިރު ޤާދީގެ އަމިއްލަފުޅުތަޖުރިބާއެކެވެ. ޝައްކުކުރުމަށް ޖާގައެއް ނެތެވެ. މިފަދަ ކަންކަމަށް މިހައިތަނަށް ނުވިސްނާ މީހުން މިހިސާބުން ފެށިގެންވެސް ވިސްނައި އަމަލުކުރަންފަށަންވީ ނޫންތޯއެވެ؟