މިއަދު ޕޮޒިޓިވްވީ ފަންސާސް ދެމީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 31ސ
މިއަދު ޕޮޒިޓިވްވީ ފަންސާސް ދެމީހުން!

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 ވައިރަހަށް 52 މީހުން ޕޮޒިޓިވްވެއްޖެއެވެ. 

ރާއްޖެއިން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 150 މީހުންނެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 11660 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 12,810 އަށް އަރައިފައެވެ. މި ބައްޔަށް 1097 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 95 މީހަކަށެވެ.

މި ބަލީގައި 46 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން