މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ތިރީސް މީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 37ސ
މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ތިރީސް މީހުން!

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 ވައިރަހަށް 30 މީހުން ޕޮޒިޓިވްވެއްޖެއެވެ. 

އެޗްޕީއޭގެ އިން ބުނެފައިވަނީ މިއަދު ޕޮޒިޓިވްވި 30 މީހުންގެ ތެރޭގައި ހިމެނެނީ 22 ދިވެހިންނާއި 8 ބިދޭސީންނެވެ.

ރާއްޖެއިން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 32 މީހުންނެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 11599 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 12,608 އަށް އަރައިފައެވެ. މި ބައްޔަށް 956 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 86 މީހަކަށެވެ.

މި ބަލީގައި 45 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން