ކޮވިޑް ޖެހިގެން ސާޅީސް ހަވަނަ މީހާ ނިޔާވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 41ސ
ކޮވިޑް ޖެހިގެން ސާޅީސް ހަވަނަ މީހާ ނިޔާވެއްޖެ!

ކޮވިޑް 19 ޖެހިގެން އުމުރުން ދުވަސްވީ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

މިކަމާގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ކޮވިޑް-19 ޖެހިގެން މިއަދު  ނިޔާވެފައިވަނީ 77 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި މިމީހާ ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށްކަމަށް އެޗްޕީއޭ އިން ވަނީ ބުންޏެވެ.

މިއީ މިބަލީގައި ރާއްޖެއިން މަރުވި 46 ވަނަ މީހާއެވެ. މިބަލީގައި ފުރަަަތަމަ މީހަކު ނިޔާވީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ. 

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 11559 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 12,578 އަށް އަރައިފައެވެ. މި ބައްޔަށް 967 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 82 މީހަކަށެވެ.

 

މިއަދު އޮންލައިން