މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ނުވަދިހަ ހަތަރު މީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 37ސ
މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ނުވަދިހަ ހަތަރު މީހުން!

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 ވައިރަހަށް 94 މީހުން ޕޮޒިޓިވްވެއްޖެއެވެ. 

އެޗްޕީއޭގެ އިން ބުނެފައިވަނީ މިއަދު ޕޮޒިޓިވްވި 94 މީހުންގެ ތެރޭގައި ހިމެނެނީ 38 ދިވެހިންނާއި 56 ބިދޭސީންނެވެ.

ރާއްޖެއިން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 68 މީހުންނެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 11497 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 12,546 އަށް އަރައިފައެވެ. މި ބައްޔަށް 997 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 80 މީހަކަށެވެ.

މި ބަލީގައި 45 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން