އަމިއްލަ ބާރު ނުފޯރުވޭނެ ކަންކަން ކުރިމަތިވުމަކީ ލިބޭ ހޫނު މެސެޖެއް! ތެޅިފޮޅިގެން ހައްލެއް ނުހޯދޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
އަމިއްލަ ބާރު ނުފޯރުވޭނެ ކަންކަން ކުރިމަތިވުމަކީ ލިބޭ ހޫނު މެސެޖެއް! ތެޅިފޮޅިގެން ހައްލެއް ނުހޯދޭނެ!

ދިރިއުޅުމުގައި ކުރިމަތިލާންޖެހޭ ކަންކަމުގެތެރެއިން ތިމާގެ އަމިއްލަ ބާރެއް ނުފޯރުވޭނެ ކަންކަން ކިތަންމެ ވަރަކަށް ކަންބޮޑުވި ނަމަވެސް ތިބާއަށް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނުއޮންނާނެއެވެ. އެހެނީ އެއީ ﷲ ތަޢާލާ ދެއްވަވާ މެސެޖެކެވެ. 

އަހަރެމެން އެއްވެސް މީހެއްގެ ނުވަތަ އެއްވެސް ބައެއްގެ އެއްވެސް ބާރެއް ނެތްކަމެވެ. ހުރިހާ ބާރުތަކެއް ލިބިވިޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށް ކަމެވެ. 

މިސާލަކަށް ކެންސަރު ބައްޔަށްބަލާށެވެ! 4 ވަނަ ސްޓޭޖްގައިކަމަށް ޑޮކްޓަރުން ބުނާ އެތައް ނިކަމެތި ފަޤީރުންނަށް ދެވޭ ވަރަށް އާދައިގެ ފަރުވާގެ ސަބަބުން އެބަ ބަލިން ފަސޭހަވެއެވެ. ހުރިހާ ތަނަވަސްކަމެއް ލިބިގެންވާ މިލިއަނަރުން ބިލިއަނަރުން ފުރަތަމަ ސްޓޭޖުގައި ފަރުވާކުރަންފެށިނަމަވެސް ޙާލި ސީރިއަސްވެ އެބަ މަރުވެއެވެ. 

ލޯބިވެރިންގެ ކައިވެންޏަށް ބަލާށެވެ! ނިކަމެތި ފަޤީރުން އަލަތު ކައިވެނިމަތީގައި ނުހަނު ލޯބިން ދިރިއުޅެ މުޅިހަޔާތް އެބަ ވޭތިކުރެއެވެ. ހުރިހާ ތަނަވަސްކަމެއް ލިބިގެން ތިބޭ މީހުންނަށް އެމީހުން އއެންމެ ލޯބިވާ ބައިވެރިޔާ ގެއްލި އެކަމުގެ ހިތާމައިގައި މުޅި ޙަޔާތް ވޭތިކުރަން އެބަ ޖެހެއެވެ. 

ދިރިއުޅުމުގެ ކޮންމެ ކަމަކަށް ބެލިނަމަވެސް މިފަދަ އެތައް ބައިވަރު މިސާލުތައް ފެނިގެންދާކަން ޤަބޫލުކުރަންޖެހެއެވެ. ވީމާ ކޮންމެ ފަދަ ޙާލަތެއް ކުރިމަތިވިނަމަވެސް ތިބާގެ ދައުރު ތިބާ އަދާކުރާށެވެ. ދެން އޮތްބައި ﷲ ތަޢާލާއަށް ވަކީލުކުރާށެވެ! އެކަން ނުކުރެވޭ މީހާއަށް ދުވަހަކުވެސް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން