ކޮވިޑް ޖެހިގެން ސާޅީސް ފަސްވަނަ މީހާ މިރޭ ނިޔާވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
ކޮވިޑް ޖެހިގެން ސާޅީސް ފަސްވަނަ މީހާ މިރޭ ނިޔާވެއްޖެ!

ކޮވިޑް 19 ޖެހިގެން އުމުރުން ދުވަސްވީ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

މިކަމާގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދަނިކޮށް އުމުރުން 72 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު 6:36 ގައި ނިޔާވެފައިވާ ކަމަށެވެ.

މިއީ މިބަލީގައި ރާއްޖެއިން މަރުވި 45 ވަނަ މީހާއެވެ. މިބަލީގައި ފުރަަަތަމަ މީހަކު ނިޔާވީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ. 

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 11316 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 12,314 އަށް އަރައިފައެވެ. މި ބައްޔަށް 947 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 59 މީހަކަށެވެ.

 

މިއަދު އޮންލައިން