މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ސަތޭކަ ދިހަމީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 37ސ
މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ސަތޭކަ ދިހަމީހުން!

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 ވައިރަހަށ 110 މީހުން ޕޮޒިޓިވްވެއްޖެއެވެ. 

އެޗްޕީއޭގެ އިން ބުނެފައިވަނީ މިއަދު ޕޮޒިޓިވްވި 110 މީހުންގެ ތެރޭގައި ހިމެނެނީ 31 ދިވެހިންނާއި 79 ބިދޭސީންނެވެ.

ރާއްޖެއިން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 50 މީހުންނެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 11316 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 12,314 އަށް އަރައިފައެވެ. މި ބައްޔަށް 947 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 59 މީހަކަށެވެ.

މި ބަލީގައި 44 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން