އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 ވައިރަހަށ 42 މީހުން ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭގެ އިން ބުނެފައިވަނީ މިއަދު ޕޮޒިޓިވްވި 42 މީހުންގެ ތެރޭގައި ހިމެނެނީ 28 ދިވެހިންނާއި 14 ބިދޭސީންނެވެ.
ރާއްޖެއިން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 27 މީހުންނެވެ.
މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 11262 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 12154 އަށް އަރައިފައެވެ. މި ބައްޔަށް 843 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 49 މީހަކަށެވެ.
މި ބަލީގައި 42 މީހަކު ވަނީ ނިޔާވެފައެވެ.