ކޮވިޑް 19 ޖެހިގެން ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.
މިކަމާގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދަނިކޮށް އުމުރުން 57 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ނިޔާވެފައިވާ ކަމަށެވެ.
މިއީ މިބަލީގައި ރާއްޖެއިން މަރުވި 42 ވަނަ މީހާއެވެ. މިބަލީގައި ފުރަަަތަމަ މީހަކު ނިޔާވީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ.
މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 11244 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 12,112 އަށް އަރައިފައެވެ. މި ބައްޔަށް 820 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 52 މީހަކަށެވެ.