އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 137 މިހުންނެވެ.
މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ 96 ދިވެހީންނާއި ބަންގްލަދޭޝްގެ 25 މީހަކާއި އިންޑިއާގެ 9 މީހަކާއި ލަންކާ 2 މީހަކާއި ނޭޕާލް 2 މީހަކާއި ފިލިޕީންސް މީހަކާއި ރަޝިޔާ މީހަކާއި ޖަރުމަނު މީހެކެވެ.
އިއްޔެވެސް މި ބައްޔަށް ރާއްޖެއިން ވަނީ 89 މީހުން ޕޮޒިޓިވްވެފައެވެ.
މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 5155 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 7,804 އަށް އަރައިފައެވެ. މި ބައްޔަށް ފަރުވާ ދެމުން އަންނަނީ 172 މީހަކަށެވެ.
މި ބަލީގައި 28 މީހަކު ވަނީ ނިޔާވެފައެވެ.