މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނދުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާ އާއި ޅ. ނައިފަރު ކައުންސިލާއި ގުޅިގެން، އެރަށުގައި ކުރިޔަށް ގެންދިޔަ ވާޓިކަލް ފާމިން އަދި ހައިޑްރޮޕޮނިކްސް ތަމްރީން ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމާއި އެކު ނިންމާލައިފިއެވެ.
ޖުމްލަ 36 ބައިވެރިން ބައިވެރިވި މިތަމްރީން ޕްރޮގްރާމަކީ ވަރޓިކަލް ފާމިންގ އަދި ހައިޑްރޮޕޮނިކްސް ދަނޑުވެރިކަމުގެ އަމަލީ މަޢުލޫމާތާއި ހުނަރު ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ،އުނގަންނައިދިނުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދިޔަ ތަމްރީން ތަކެކެވެ.
ނައިފަރުގައި ކުރިއަށްގެންދިޔަ ވަރޓިކަލް ފާމިންގ ތަމްރީނު ޕްރޮގްރާމް ނިންމާ، ބައިވެރިންނަށް ސެޓްފިކްޓް ދިނުމުގެ ރަސްމިއްޔާތު މިއަދު ވަނީ އެރަށުގައި ބާއްވާފައެވެ.
ސްކޫލުކުދިން ވެސް ހިމެނޭހެން ދަނދުވެރިން ބައިވެރިވި، މި ތަމްރީނުތަކުގައި ވާޓިކަލް ފާމިންގގެ އަސާސްތަކާއި، އޮށް އިންދުމާއި، ގަސް މުޑުވައް ތައްޔާރުކުރުމާއި، ގަހަށް ބޭނުންވާ ކާނާ މެނޭޖްކުރުމުގެ އިތުރުން، ވަރޓިކަލް ފާމިންގ ނިޒާމުތައް ރަނގަޅު ގޮތުގައި ބެލެހެއްޓުމާ ގުޅޭ މަޢުލޫމާތު ވަނީ ދެވިފައެވެ.
މި ފްރޮގްރާމްގެ ތެރެއިން ބައިވެރިން އަމަލީގޮތުން ސިސްޓަމްތަކުގައި މުޑުވަށްކުރި ތަކެތި މިއަދުވަނީ ވަނީ ކަނޑާފައެވެ.
ނައިފަރުގައި ސިސްޓަމްތައް ގާއިމުކޮށްފައިވަނީ ،ޖަޕާން ސަރުކާރުގެ ދީލަތި އެހީތެރިކަމާއެކު، ޔޫ.އެން.ޑީ.ޕީ މެދުވެރިކޮށް ހިންގުނު 'ޕްރޮޖެކްޓް ފޮރ ސަސްޓެއިނަބަލް އެގްރިކަލްޗަރ އިކޮނޮމީ' ގެ ދަށުންނެވެ.
ހަބަރު: ސަރުކާރު