ކޮރޯނާ ޖެހެން މަގުފަހިކުރާމީހުންނާމެދު އަޅާފިޔަވަޅު ކެންސަރު ޖެހެން މަގުފަހިކުރާ މީހުންނަށް ނާޅަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ކޮރޯނާ ޖެހެން މަގުފަހިކުރާމީހުންނާމެދު އަޅާފިޔަވަޅު ކެންސަރު ޖެހެން މަގުފަހިކުރާ މީހުންނަށް ނާޅަނީ ކީއްވެ؟

މަގުމަތީގައި އުޅޭއިރު މާސްކް އެޅުން ފަދަ ކޮރޯނާއިން ސަލާމަތްވޭތޯ ކުރަންޖެހޭ ކަންކަން ނުކުރުމުން ޖުރުމަނާކޮށް އަދަބު ދެމުންދާއިރު ކެންސަރުޖެހުމަށް މަގުފަހިވާކަންކަން މަގުމަތީގައި ކުރުމުން އެއްވެސް އަދަބެއް ނުދެއެވެ. ފިޔަވަޅެއް ވެސް ނުއަޅައެވެ.

މިގޮތުން އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ ޢާންމުތަންތަނުގައާއި މަގުމަތީގައި ތިބެގެން ދުންފަތުގެ އިސްތިޢްމާލްކުރުމެވެ. ހިނގާ މީޙުންގެ މޫނަށް ދުންތައް ފޮނުވުމެވެ. ސީޝާބޯ ތަންތަނަށް ވަންނަމީހުންނަށް ކިތަންމެ ގިނައިން ކެންސަރުޖެހުމަކީ މައްސަލައެއް ނޫނެވެ. އެމީޙުން އެތަންތަނަށްވަންނަނީ ކެންސަރު ޖެހުމަކީ އެއްވެސް މައްސަލައެއް ކަމަށް ނުދެކޭތީއެވެ.

ނަމަވެސް މަގުމަތީގައި މީޙުން ހިނގަނީ ކެންސަރުޖެހެން ބޭނުންވެގެނެއް ނޫނެވެ. މަގުމައްޗަށް ނުނުކުމެ ދިރިއުޅެވޭނެ ގޮތެއް ނެތުމުންނެވެ. ނުކުތުމުން ޝީޝާ ހާލިތަކުގައި ދުންބުރުވާފަދައިން މޫނަށް ދުންބުރުވުމަކީ އަވަށްޓެރި ޤައުމުތަކުގައި މަނާކަމެއް ނަމަވެސް އެކަން ކުރުމުން އަދަބުދޭ ކަމެއް ނަމަވެސް ރާއްޖޭގައި ހަމަ ކުރުން ހުއްދަކަމެކެވެ. އެކަންވެފައި އޮންނަނީ ގަޓްހުރި މީހުން ކުރާކަމަކަށެވެ.

މަގުމަތީގައި ހިނގާ މީޙުންގެ މޫނަށް ދުންބުރުވަން ސަރުކާރުން ހިތްވަރުދީފައިވާއިރު ކެންސަރު ޖެހުމުން ބޭސްކޮށެއް ނުދެވެއެވެ. އާދޭސްކޮށް ސަލާންޖަހައިގެންވެސް ލިބެނީ ބައެކެވެ. އަދިވެސް ހަމަ އަނެއްބައި ހޯދަންޖެހެނީ ހަމަ ނާށިގަނޑުހިފައިގެން ހިނގައި ސަލާންޖަހައިގެންނެވެ.

ޑަބްލިޔޫއެޗްއޯގެ ރިޕޯޓްތަކުން އެނގޭގޮތުގައި ދުންފަތުގެ އިސްތިޢްމާލުކުރާ މީހާއަށްވުރެ ކެންސަރުޖެހުމުގެ ފުރުޞަތު ބޮޑީ އޭނާ ފޮނުވާދުން ފޯރާ މީހުންނަށެވެ!

 

މިއަދު އޮންލައިން