ރާއްޖޭގައި ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިއަދުވެސް ސަތޭކައިން މަތިވެއްޖެއެވެ.
އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 109 މިހުންނެވެ.
މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ 80 ދިވެހީންނާއި ބަންގްލަދޭޝްގެ 24 މީހަކާއި އިންޑިއާގެ 2 މީހަކާއި ނޭޕަލް މީހެކެވެ.
އިއްޔެވެސް މި ބައްޔަށް ރާއްޖެއިން ވަނީ 140 މީހުން ޕޮޒިޓިވްވެފައެވެ.
މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 4925 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 7,578 އަށް އަރައިފައެވެ. މި ބައްޔަށް ފަރުވާ ދެމުން އަންނަނީ 184 މީހަކަށެވެ.
މި ބަލީގައި 28 މީހަކު ވަނީ ނިޔާވެފައެވެ.