އާބާދީބޮޑު ކުޅުދުއްފުށްޓާއި ތިނަދޫ މޮނީޓަރިންގެ ހާލަތަށް ގެންގޮސް، އަރައިފޭބުން މަނާކޮށްފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
އާބާދީބޮޑު ކުޅުދުއްފުށްޓާއި ތިނަދޫ މޮނީޓަރިންގެ ހާލަތަށް ގެންގޮސް، އަރައިފޭބުން މަނާކޮށްފި!

ރާއްޖޭގެ އާބާދީބޮޑު ރައްތައް ގޮތުގައި ހިމެނޭ ހދ. ކުޅުދުއްފުށްޓާއި ގދ. ތިނަދޫ މޮނީޓަރިންގެ ހާލަތަށް ގެންގޮސް، ރަށަށް މީހުން އަރައިފޭބުން އެޗްޕީއޭ މަނާކޮށްފިއެވެ.

ކުޅުދުއްފުށި މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައި ވަނީ އެރަުން މާލެ ގެނައި މީހަކު ކޮވިޑް19 އަށް ޕޮޒިޓިވުވުމާ ގުޅިގެނެވެ. އަދި ތިނަދޫ ހާލަތަށް ގެންގޮސްފައި ވަނީ މާލެ ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއަކު ޕޮޒިޓިވްވުމާ ގުޅިގެނެވެ.

އެޗްޕީއޭ އިން ބުނެފައިަވަނީ މިދެ ރަށުން  އެއްވެސް މީހަކު އެ އެޖެންސީން އިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، ރަށަށް އެރުން މަނާވާނެ ކަމަށެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރޭގެ 6:00ގެ ނިޔަލަށް 7،469 މީހަކު ރާއްޖެެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ.

މިއަދު އޮންލައިން