ސަތޭކަ ސާޅީސް މީހުން މިއަދުވެސް އަލަށް ޕޮޒިޓިވްވެ ސަތޭކަ އައްޑިހަ ދެމީހުން ބަލިން ރަނގަޅުވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 49ސ
ސަތޭކަ ސާޅީސް މީހުން މިއަދުވެސް އަލަށް ޕޮޒިޓިވްވެ ސަތޭކަ އައްޑިހަ ދެމީހުން ބަލިން ރަނގަޅުވެއްޖެ!

ރާއްޖޭގައި ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިއަދުވެސް ސަތޭކައިން މަތިވެއްޖެއެވެ. 

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 140 މިހުންނެވެ.

މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ 114 ދިވެހީންނާއި ބަންގްލަދޭޝްގެ 17 މީހަކާއި އިންޑިއާގެ ތިން މީހަކާއި ނޭޕަލް މީހަކާއި އެމިރޭޓްސްގެ ދެ މީހަކާއި ކެންޔާ އަދި ފްރާންސް މީހެކެވެ. 

މިއަދު މިބަލިން 182 މީހުން ރަންގަޅުވެފފައި ވާއިރު އިއްޔެވެސް މި ބައްޔަށް ރާއްޖެއިން ވަނީ 104 މީހުން ޕޮޒިޓިވްވެފައެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 4837  އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 7,469 އަށް އަރައިފައެވެ. މި ބައްޔަށް ފަރުވާ ދެމުން އަންނަނީ 192 މީހަކަށެވެ.

މި ބަލީގައި 28 މީހަކު ވަނީ ނިޔާވެފައެވެ. 

މިއަދު އޮންލައިން