ޕޮޒިޓިވްވި މީހުންގެ އަދަދު މިއަދުވެސް ސަތޭކައިން މަތީގަ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 40ސ
ޕޮޒިޓިވްވި މީހުންގެ އަދަދު މިއަދުވެސް ސަތޭކައިން މަތީގަ!

ރާއްޖޭގައި ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިއަދުވެސް ސަތޭކައިން މަތިވެއްޖެއެވެ. 

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 104 މިހުންނެވެ.

މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ 76 ދިވެހީންނާއި ބަންގަލަދޭޝް 22 މީހަކާއި އިންޑިއާ 5 މީހަކާއި ނޭޕާލް މީހެކެވެ.

އިއްޔެވެސް މި ބައްޔަށް ރާއްޖެއިން ވަނީ 178 މީހުން ޕޮޒިޓިވްވެފައެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 4691  އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 7,329 އަށް އަރައިފައެވެ. މި ބައްޔަށް ފަރުވާ ދެމުން އަންނަނީ 180 މީހަކަށެވެ.

މި ބަލީގައި 28 މީހަކު ވަނީ ނިޔާވެފައެވެ. 

މިއަދު އޮންލައިން