ރާއްޖޭގައި ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ 178 އަށް މިއަދު އަރައިފިއެވެ.
އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 178 މިހުންނެވެ.
މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ 141 ދިވެހީންނާއި ބަންގަލަދޭޝް 25 މީހަކާއި އިންޑިއާ 10 މީހަކާއި ސްޕެނިއަރޑްސް 2 މީހެކެވެ.
އިއްޔެވެސް މި ބައްޔަށް ރާއްޖެއިން ވަނީ 135 މީހުން ޕޮޒިޓިވްވެފައެވެ.
މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 4561 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 7,225 އަށް އަރައިފައެވެ. މި ބައްޔަށް ފަރުވާ ދެމުން އަންނަނީ 162 މީހަކަށެވެ.
މި ބަލީގައި 28 މީހަކު ވަނީ ނިޔާވެފައެވެ.