މިއަދުވެސް ސަތޭކަ ތިރީސް ފަސް މީހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެއްޖެ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 36ސ
މިއަދުވެސް ސަތޭކަ ތިރީސް ފަސް މީހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެއްޖެ!

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 119 މިހުންނެވެ.

މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ 109 ދިވެހީންނާއި ބަންގަލަދޭޝް 15 މީހަކާއި އިންޑިއާ 8 މީހަކާއި މިސްރު ދެމީހަކާއި ނޭޕާލް މީހެކެވެ.

އިއްޔެވެސް މި ބައްޔަށް ރާއްޖެއިން ވަނީ 133 މީހުން ޕޮޒިޓިވްވެފައެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 4439 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 7,047 އަށް އަރައިފައެވެ. މި ބައްޔަށް ފަރުވާ ދެމުން އަންނަނީ 173 މީހަކަށެވެ.

މި ބަލީގައި 28 މީހަކު ވަނީ ނިޔާވެފައެވެ. 

މިއަދު އޮންލައިން