ލާރި ހުރިއްޔާ ބޭނުންވާ އިކުއިޕްމަންޓްތަށް ގެނެވިދާނެ.ކަމަށާއި އެހެންނަމަވެސް އިންސާނީ ވަސީލަތެއް ނެތްކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ ފަރާތުން ވާހަކަދައްކަވަމުން ޑރ.އަލީ ލަތީފް ވިދާޅުވެއްޖއެވެ.
އެޗް.އީ.އޯ.ސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އަލީ ލަތީފް ވިދާޅުވީ ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްޙީ އެހީތެރިންގެ އަދަދު މަދުވުމަކީ ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށާއި ރާއްޖޭގައިތިބި ހުރިހާ ޑޮކްޓަރުންނާއި ނަރުހުން ކޮވިޑް-19ގެ ބަލި މީހުންނަށް އެކަނި ހުސްކޮށްފައި ނުބޭތިއްބޭނެކަމަށެވެ.
ޑރ.އަލީ ލަތީފް ވިދާޅުވީ ލާރި ހުރިއްޔާ އިކުއިޕްމަންޓް ގެނެވިދާކަމަށާއި އެހެންނަމަވެސް އިންސާނީ ވަސީލަތެއް ނެތްކަމަށެވެ. އަދި މުޅި ސިއްޙީ ނިޒާމުގައި މަސައްކަތްކުރާ މީހުން ތިބީ ވަރުބަލިވެފައި.ކަމަށާއި ބައްޔަށްވެސް ޕޮސިޓިވްވާކަމަށެވެ.
މިކަމާގުޅިގެން ޑރ.ނަޒްލާ މުސްތަފާ ވިދާޅުވީ މިކަމުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންވެސް ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފައިކަމަށާއި ބުރަކޮށް އަރާމެއްނެތި މަސައްކަތުގައި އުޅުމުން ނަރުހުންނަށްވެސް ނަފްސާނީގޮތުންނާއި އަދި ޖިސްމާނީގޮތުންވެސް އަސަރު ކޮށްފައިވާކަމަށެވެ.