ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވްވުމުން ރ.ކިނޮޅަސް މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗް.އީ.އޯ.ސީ) އިން ބުނެފިއެވެ.
އެޗް.އީ.އޯ.ސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ރ. ކިނޮޅަހުން މީހަކު މި ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ ފުރަބަންދު ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހެދި ރިލީސް ސާމްޕަލުންކަމަށެވެ. އަދި މިކަމާގުޅިގެން މިރަށް މިވަގުތު މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވާކަމަށެވެ.
ކިނޮޅަހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ފިލިޕީންސްގެ އުމުރުން 53 އަހަރުގެ ފިރިހެނެކެވެ.