އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 145 މިހުންނެވެ.
މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ 123 ދިވެހީންނާއި، ބަންގްލަދޭޝްގެ 11 މީހުންނާއި އިންޑިއާގެ 3 މީހުނާއި ލަންކާގެ 5 މީހުންނާއި ނޭޕާލް މީހަކާއި ޖަޕާނު މީހަކާއި އުރުދުންގެ މީހެކެވެ.
އިއްޔެވެސް މި ބައްޔަށް ރާއްޖެއިން ވަނީ 146 މީހުން ޕޮޒިޓިވްވެފައެވެ.
މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރު މިވަނީ 3،915 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 6,370 އަށް އަރައިފައެވެ. މި ބައްޔަށް މިހާރު ފަރުވާ ދެމުން އަންނަނީ 161 މީހަކަށެވެ.
މި ބަލީގައި 24 މީހަކު ވަނީ ނިޔާވެފައެވެ.