އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 146 މިހުންނެވެ.
މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ 117 ދިވެހީންނާއި، ބަންގްލަދޭޝްގެ 21 މީހުންނާއި އިންޑިއާގެ 2 މީހުނާއި ލަންކާގެ 5 މީހުންނާއި ފިލިޕީންސް މީހެކެވެ.
އިއްޔެވެސް މި ބައްޔަށް ރާއްޖެއިން ވަނީ 170 މީހުން ޕޮޒިޓިވްވެފައެވެ.
މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރު މިވަނީ 3،788 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 6,225 އަށް އަރައިފައެވެ. މި ބައްޔަށް މިހާރު ފަރުވާ ދެމުން އަންނަނީ 152 މީހަކަށެވެ.
މި ބަލީގައި 24 މީހަކު ވަނީ ނިޔާވެފައެވެ.