ވެންޓިލޭޓަރުތައް ގެންނަން އެއްބަސްވުންތަކުގައި ސޮއިކުރި ބިޑް ކޮމެޓީގެ މެންބަރުން ސަސްޕެންޑްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 53ސ
ވެންޓިލޭޓަރުތައް ގެންނަން އެއްބަސްވުންތަކުގައި ސޮއިކުރި ބިޑް ކޮމެޓީގެ މެންބަރުން ސަސްޕެންޑްކޮށްފި

ހެލްތް މިނިސްޓްރީން ވެންޓިލޭޓަރުތައް ގެންނަން އެއްބަސްވުންތަކުގައި ސޮއިކުރި ބިޑް ކޮމެޓީގެ މެންބަރުން ސަސްޕެންޑްކޮށްފިއެވެ.

މިކަމާގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވެފައިވަނީ ވެޓިލޭޓަރުތައް ގެންނަން އެއްބަސްވުންތަކުގައި ސޮއިކުރި ވެރިން ސަސްޕެންޑްކޮށްފައިވާ ކަމަށާއި މީގެއިތުރުން ފައިނޭންޝަލް އެގްޒެކްޓިވްސްގެ މެންބަރުންވެސް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި މިނިންމުން ރަސްމީކޮށްވާނީ އެބޭފުޅުންނަށް އަންގާފައިވާ ކަމަށެވެ.

ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ގެނައުމުގައި ހިންގާފައިވާ އޮޅުވައިލުމާއި މަކަރާއި ހީލަތުގެ މައްސަލަތައް ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ވަނޏީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންނަށް މިއަދު އަންގަވައިފައެވެެ. 

މިކަމާގުޅިގެން މައްސަތަ ތަހުގީގުކޮށް ނިމެންދެން، މަގާމުގެ މަސްއޫލިއްޔަތުތަކުން ހެލްތު މިނިސްޓަރު އަމީން އަމިއްލަ އަށް މިއަދު ވަނީ އެކަހެރިވެވަޑައިގެންފަ އެވެ.

 

މިއަދު އޮންލައިން