ކޮރޯނާ ވައިރަހަށް މިއަދުވެސް ސަތޭކަ ސައުވީސް މީހުން ޕޮޒިޓިވްވެއްޖެ! ދިވެހިންގެ އަދަދު ސަތޭކަ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
ކޮރޯނާ ވައިރަހަށް މިއަދުވެސް ސަތޭކަ ސައުވީސް މީހުން ޕޮޒިޓިވްވެއްޖެ! ދިވެހިންގެ އަދަދު ސަތޭކަ!

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 106 މިހުންނެވެ.

މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ 100 ދިވެހީންނާއި، ބަންގްލަދޭޝްގެ 16 މީހުންނާއި އިންޑިއާގެ 3 މީހުންނާއި ނޭޕާލް 2 މީހުންނާއި ފިލިޕީންސް މީހަކާއި ޔޫކްރޭން މީހަކާއި އަދި އޮސްޓްރޭލިއާ މީހެކެވެ.

އިއްޔެވެސް މި ބައްޔަށް ރާއްޖެއިން ވަނީ 106 މީހުން ޕޮޒިޓިވްވެފައެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރު މިވަނީ 3،488 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 5،909 އަށް އަރައިފައެވެ. މި ބައްޔަށް މިހާރު ފަރުވާ ދެމުން އަންނަނީ 138 މީހަކަށެވެ.

މި ބަލީގައި 23 މީހަކު ވަނީ ނިޔާވެފައެވެ. 

މިއަދު އޮންލައިން