ކޮރޯނާ ވައިރަހަށް މިއަދު ޕޮޒިޓިވްވީ ސަތޭކަ ހަމީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
ކޮރޯނާ ވައިރަހަށް މިއަދު ޕޮޒިޓިވްވީ ސަތޭކަ ހަމީހުން!

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 106 މިހުންނެވެ.

މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ 79 ދިވެހީންނާއި، ބަންގްލަދޭޝްގެ 21 މީހުންނާއި އިންޑިއާގެ 5 މީހުން އަދި ނޭޕާލް މީހެކެވެ.

އިއްޔެވެސް މި ބައްޔަށް ރާއްޖެއިން ވަނީ 107 މީހުން ޕޮޒިޓިވްވެފައެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރު މިވަނީ 3،349 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 5،785 އަށް އަރައިފައެވެ. މި ބައްޔަށް މިހާރު ފަރުވާ ދެމުން އަންނަނީ 146 މީހަކަށެވެ.

މި ބަލީގައި 22 މީހަކު ވަނީ ނިޔާވެފައެވެ. 

މިއަދު އޮންލައިން