ކޮވިޑް 19 ޖެހިގެން އުމުރުން 61 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.
މިކަމާގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ އެޗްއެމްއެފް ގެ އައިސީޔޫ ގައި ކޮވިޑަށް ފަރުވާ ދެމުންދަނިކޮށް ރޭ 01:45 ގައި ނިޔާވެފައިވަނީ އުމުރުން 61 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.
މިއީ މިބަލި ޖެހިގެން ރާއްޖޭގައި ނިޔާވި 22 ވަނަ މީހާއެވެ.
މިބަލީގައި ފުރަަަތަމަ މީހަކު ނިޔާވީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ.