ބިދޭސީން ގެނައުމީ އެ މީހުން އަމަލު ކުރަންޖެހޭ ޤަވާއިދު ނެރެފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ބިދޭސީން ގެނައުމީ އެ މީހުން އަމަލު ކުރަންޖެހޭ ޤަވާއިދު ނެރެފި

ބިދޭސީން ގެނައުމީ އެ މީހުން އަމަލު ކުރަންޖެހޭ ގަވާއިދު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓުން މިއަދު ނެރެފިއެވެ.

މި ގަވާއިދުގައި ބުނެފައިވަނީ ބިދޭސީންނަށް ކޯޓާ ދޫކުރެ ވޭނީ، ކޯޓާ ފީގެ ގޮތުގައި އަހަރު 2،000ރ. ގެ ފީއެއް މިނިސްޓްރީ އަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ތަނަކަށް ދައްކައިގެނެވެ. އަދި ގަވާއިދުގައި އެމްޕްލޯއިމަންޓް އެޕްރޫވަލް ހޯދުމުގައި އަމަލު ކުރަން ޖެހޭނެ އުސޫލާއި އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އަދި ވަޒީފާ ދޭ ފަރާތް، މަގާމް، ވޯކް ސައިޓް ބަދަލުވުމުގައި އަމަލު ކުރަން ޖެހޭ އުސޫލު ބުނެދީފައިވެ އެވެ. 

މީގެއިތުރުން މި ގަވާއިދުގައި ބުނެފައިވަނީ ބިދޭސީއަކު ވަޒީފާގައި ހުންނަ މުއްދަތުގައި، "އެކަމަޑޭޝަން" ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭން ޖެހެއެވެ.

އިގްތިސޯދީ ސިޔާސަތަށް ނުވަތަ ވަޒީފާއާބެހޭ ސިޔާސަތަށް އަންނަ ބަދަލުތަކާ ގުޅިގެން، މި ގަވާއިދުގެ އުސޫލަށް ގެންނަންޖެހޭ ބަދަލުތައް މިނިސްޓަރަށް ގެނެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.

ބިދޭސީންނަށް ވަޒީފާއަށް ގެނައުމަށް ގަވާއިދުގައިވާ ގޮތުން، ހުއްދަތައް ނެގުމަށް މިނިސްޓްރީއަށް ހުށަހަޅާނީ، ދިވެހިރާއްޖެ އަށް ބިދޭސީން ގެނައުމުގެ ހުއްދަ ދިނުމަށް ބޭނުންކުރާ "އެކްސްޕެޓް ސިސްޓަމް" މެދުވެރިކޮށް ކަމަށްވެސް ބުނެފައި ވެއެވެ.

މިއަދު އޮންލައިން