ހެލްތު މިނިސްޓްރީގެ ޕަރމަނަންޓް ސެކެޓްރީގެ މަގާމަށް އައިޝަތު ސާމިޔާ އައްޔަންކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 41ސ
ހެލްތު މިނިސްޓްރީގެ ޕަރމަނަންޓް ސެކެޓްރީގެ މަގާމަށް އައިޝަތު ސާމިޔާ އައްޔަންކޮށްފި

ހެލްތު މިނިސްޓްރީގެ ޕަރމަނަންޓް ސެކެޓްރީގެ މަޤާމަށް އައިޝަތު ސާމިޔާ އައްޔަންކޮށްފިއެވެ.

މި މަގާމަށް ސާމިޔާ އައްޔަން ކުރުމުގެ ކުރިން ފުރުއްވަމުން ގެންދެވީ ހެލްތު މިނިސްޓްރީގެ  ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމެވެ.

މީގެކުރިން ސާމިޔާ އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި  ހެލްތު މިނިސްޓްރީގެ ޑިޕާރޓްމަންޓް އޮފް މެޑިކަލް ސަރވިސަސްގެ އެސިސްޓެންޓް ޑިރެކްޓަރކަމާއި، ހެލްތު މިނިސްޓްރީގެ ޕޮލިސީ ޕްލޭނިންގ އެންޑް ހެލްތު އިންފޮރމޭޝަން ޑިވިޜަނުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމް ހިމެނެއެވެ.

ސާމިޔާ ފުރަތަމަ އަދާ ކުރެއްވީ 1998 ވަނަ އަހަރު އައި.ޖީ.އެމް.އެޗްގެ ޕަބްލިކް ރިލޭޝަންސް އޮފިސަރެއްގެ މަޤާމެވެ.

މިއަދު އޮންލައިން