ރަސޫލް (ޞޢވ) ވަނީ މުޢާޛްގެފާނަށް ކޮންމެ ނަމާދަކަށްފަހު މިދުޢާ ނުކުރައްވަވައި ދޫކޮށް ނުލައްވަން ވަޞިއްޔަތްކުރައްވަވައި ޙަދީޘްފުޅު ކުރައްވަވައިފައެވެ.
اللَّهُمَّ أَعِنِّيْ عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ
ދުޢާގައި ހިމެނޭ މާނައީ: ޔާ ﷲ! އިނބަ ﷲ ހަނދުމަކުރުމަށާއި އިނބަ ﷲ އަށް ޝުކުރުވެރިވުމަށާއި އިނބަ ﷲ އަށް ރިވެތި ގޮތުގައި އަޅުކަންކުރުމަށް މިއަޅާއަށް އެހީތެރިވެވޮޑިގެންފާނދޭވެ!
މިދުޢާކުރަންޖެހޭ ސަބަބަކީ އެކަންކަން އަމިއްލައަށް ކުރަން މަސައްކަތްކުރިނަމަވެސް ނުކުރެވޭތީއެވެ! ﷲ ތަޢާލާގެ ޙަޟްރަތުން ހިތްވަރު ބޭނުންވާތީއެވެ! އެންމެ މަތިވެރި ޛިކުރަކީ ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތަކަށް ޝުކުރުވެރިވުމާއިއެކު ކުރާ ޛިކުރެވެ! އއަދި އެންމެ މަތިވެރި ދަރަޖައިގައި ޝުކުރުވެރިވުމަކީ އިޚްލާޞްތެރިކަމާއިއެކު އަޅުކަންކުރުމެވެ.
މި ދުޢާގައި މިވަނީ އެހުރިހައި ބައިތަކެއް ހިމެނިފައެވެ. ﷲ ތަޢާލާ ހަނދުމަކުރުމާއި ޝުކުރުވެރިވުމާއި ރިވެތި ގޮތުގައި (އެންމެ ފުރިހަމަ ގޮތުގައި) އަޅުކަންކުރުން މިދުޢާގައިވަނީ ހިމެނިގެންނެވެ. އެހެންކަމުން މިއީ ވަރަށް މަތިވެރިދުޢާއެކެވެ. މިދުޢާގައި އެދި މިދަންނަވަނީ އެކަންކަން ކުރުމުގައި ތިމާއަށް އެހީތެރިވެވޮޑިގެން ދެއްވެވުމަށެވެ.
އަދި އެއްކަންތައް ހަނދާންކޮށްލަން ބޭނުމެވެ. ބަންގީގެ އަޑު އިވެން ފެށުމުން އޮތީ ޢިޖާބަ ދިނުމެވެ. އެއީ އިމާމް މީހާ ކިޔާއެއްޗެއް ފަހަތުން ކިޔުމެވެ. ނަމަވެސް "އަވަހަށް ނަމާދަށް އަންނާށޭ! ފަލާޙް ލިބިގަންނަން އަންނާށޭ" ބުނުމުން އެބަ ކަލި ބަދަލުކުރަމުއެވެ. ކިޔަނީ لاحول ولا قوة إلا بالله އެވެ. މިދަންނަވަނީ އެންމެ މަތިވެރިވަންތަކން ލިބިވޮޑިގެންވާ ﷲ ތަޢާލާގެ އިޛުނަފުޅާއި ވާގިފުޅާއިލައިގެން ކަމަށެވެ! އެހެނީ ނަމާދަށް ދެވޭނީ ﷲ ތަޢާލާގެ ވާގިފުޅާއިއކުގައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން