ދަތުރަށް ފެށުމުގެ ކުރިން ޢިނާޔަތްލިބޭ ދަތުރެއްކަން ބަލާށެވެ! ނަމާދު ނާޅާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ދަތުރަށް ފެށުމުގެ ކުރިން ޢިނާޔަތްލިބޭ ދަތުރެއްކަން ބަލާށެވެ! ނަމާދު ނާޅާށެވެ!

ދަތުރެއްގައިވާނަމަ ނަމާދުކުރުމުގައި ﷲ ދެއްވަވާފައިވާ ޢިނާޔަތުގެ ބޭނުން ކުރާށެވެ! ނަމާދު ނާޅާށެވެ! އެނބުރި ގޮސް ޤަޟާއަށް ކުރަން ދޫކޮށްނުލާށެވެ! 

ދަތުރުވެރިންނަކީ ކޮބާ؟ މި ސުވާލުގެ ޖަވާބުގައި ޑރ. މުޙައަމްދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ ދަތުރުވެރިންނަކީ އެމީހަކު ކުރާ ދަތުރުގައި 81 ކިލޯމީޓަރު ހުންނަ ދަތުރުތަކުގައި އުޅޭ މީހުންނެވެ. 

ޑރ. އިޔާޟްގެ މި ޖަވާބުން އެނގިގެންދަނީ ނަމާދުކުރުމުގައި ދަތުރުވެރިންނަށް ލިބިގެންވާ އިނާޔަތްތައް ބޭނުން ކުރެވޭނީ 81 ކިލޯމީޓަރު ހަމަވާ ނުވަތަ އެއަށްވުރެ ދިގު ދަތުރުތަކުގައި އުޅޭ މީހުން ކަމެވެ. 

އެހެންކަމުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އުޅޭ މީހުން އެއްރަށުން އަނެއް ރަށަށް ދިއުމުގައި ދަތުރުވެރިއެއް ކަމަކަށް ނުބެލެވޭނެއެވެ. ދަތުރުވެރިންނަށް ލިބޭ އިނާޔަތްތައް ބޭނުމެއް ނުކުރެވޭނެއެވެ. ނަމަވެސް ރާއްޖޭގައި ކުރާ ދަތުރެއް ނަމަވެސް އެ ދަތުރުގައި 81 ކިލޯ މީޓަރު ހަމަވާ ދަތުރެއް ނަމަ ޢިނާޔަތް ބޭނުންކުރެވޭނެއެވެ. މަހަށް ނުކުތުމުގައިވެސް 81 ކިލޯމީޓަރު ރަށާއި ބޭރަށް ނުކުންނަ ނަމަ ޢިނާޔަތް ބޭނުންކުރެވޭނެއެވެ. 

ދަތުރުވެރިންނަށް ނަމާދުކުރުމުގައި ވަނީ ލުއިފަސޭހަ ގޮތްތަކެއް މިންވަރު ކުރައްވަވައިފައެވެ. އެއީ 4 ރަކްޢަތް ނަމާދުތައް 2 ރަކްޢަތަށް ކުރުކުރުމާއި  އިސްކޮށް ޖަމްޢްކުރުމާއި ފަސްކޮށް ޖަމްޢްކުރުމުގެ ލުއިފަސޭހަކަމެވެ. ދަތުރަކީ އުޒުރެއް ކަމަށް ބަލައި ނަމާދު އެޅުމެއް ނެތެވެ.

މިއަދު އޮންލައިން