ދެ ހަފުތާއަށް މާލެ ސަރަހައްދުގެ ސްކޫލްތައް ބަންދު ކުރަން ނިންމާފައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ދެ ހަފުތާއަށް މާލެ ސަރަހައްދުގެ ސްކޫލްތައް ބަންދު ކުރަން ނިންމާފައިފި!

ކުރިއަށް ދެ ހަފުތާއަށް މާލެ ސަރަހައްދުގެ ސްކޫލްތައް ބަންދު ކުރަން ޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

މިކަމާގުޅިގެން ޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ސްކޫލްތައް ބަންދު ކުރުމަށް މިދިޔަ މަހުން ފެށިގެން އަލުން ހުޅުވާލާފައިވީ ނަމަވެސް  ކޮވިޑްގެ ހާލަތަށް ބެލުމަށް ފަހު އެޗްޕީއޭގެ ލަފާގެ މަތިން ކުރިއަށް ދެ ހަފުތާއަށް މާލެ ސަރަހައްދުގެ ސްކޫލްތައް ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ.

 އެޑިއުކޭޝަނުން ބުނެފައިވަނީ ދެ ހަފްތާ އަށް މާލެ ސިޓީގެ ސްކޫލްތަކަށް ދަރިވަރުން ހާޒިރުވާން ނުޖެހޭ ގޮތަށް ކިޔެވުން ކުރިއަށް ގެންދިއުމުގެ އިންތިޒާމް ވަނީ ހަމަޖައްސައި  އޮންލައިންކޮށް ފިލާވަޅުތައް ކުރިއަށްގެންދާނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދު ކުރުމަށް ފަހު މިދިޔަ މަހުން ފެށިގެން މާލޭ ސިޓީ ފިޔަވައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި އަލުން ވަނީ ހުރިހާ ގްރޭޑަކަށް ކިޔަވައިދޭން ފަށާފައެވެ. 

މިއަދު އޮންލައިން