މިއަދު ކޮވިޑަށް ޕްޒިޓިވްވީ ސަތޭކަ އޮނަތިތީސް މީހުން - މިއަދުވެސް ގިނައީ ދިވެހިން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 34ސ
މިއަދު ކޮވިޑަށް ޕްޒިޓިވްވީ ސަތޭކަ އޮނަތިތީސް މީހުން - މިއަދުވެސް ގިނައީ ދިވެހިން!

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 129 މިހުންނެވެ.

މިއަދު ޕޮޒިޓިވްވީ 129 މީހުންނެވެ. މީގެތެރޭގައި ހިމެނެނީ 93 ދިވެހީންނާއި، 23 ބަންގްލަދޭޝް މީހުންނާއި އިންޑިއާ 8 މީހަކާއި ލަންކާގެ 4 މިހަކާއި، އިންޑޮނޭޝިއާ މީހެކެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރު މިވަނީ 2670 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 4,293 އަށް އަރައިފައެވެ. މި ބައްޔަށް މިހާރު ފަރުވާ ދެމުން އަންނަނީ 1013 މީހަކަށެވެ.

މި ބަލީގައި 18 މީހަކު ވަނީ ނިޔާވެފައެވެ. 

މިއަދު އޮންލައިން