އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާކަމީހުންގެ އަދަދު 200 އިން މައްޗަށް އަރައިފިއެވެ.
މިއަދު ޕޮޒިޓިވްވީ 215 މީހުންނެވެ. މީގެތެރޭގައި ހިމެނެނީ 149 ދިވެހީންނާއި، 54 ބަންގްލަދޭޝް މީހުންނާއި އިންޑިއާ 7 މީހަކާއި ލަންކާ 2 މިހަކާއި، ނެޕާލް 2 މީހަކާއި އަދި އިންޑޮނޭޝިއާ މީހެކެވެ.
މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރު މިވަނީ 2643 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 4164 އަށް އަރައިފައެވެ. މި ބައްޔަށް މިހާރު ފަރުވާ ދެމުން އަންނަނީ 921 މީހަކަށެވެ.
މި ބަލީގައި 18 މީހަކު ވަނީ ނިޔާވެފައެވެ.