ކޮވިޑް 19 ޖެހިގެން 52 ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.
މިކަމާގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ މިރޭ މަރުވި އަންހެން މީހާ ހޮސްޕިޓަލަށް އައީ މިއަދު ހަވީރު 4:40 ހާއިރު ކަމަށާއި ފަރުވާ ދެމުންދަނިކޮށް މަރުވީ މިރޭ 11:20 ގައި ކަމަށެވެ.
މިމީހާ އައިޖީއެމްއެޗް އަށް ގެނެވުނީ ނޭވާދުމަށް އުނދަގޫވާތީ ކަމަށް ވެސް އެޗްޕީއޭ އިން ބުނެފައިވެއެވެ،
މިއީ މިބަލި ޖެހިގެން ރާއްޖޭގައި މަރުވި 17 ވަނަ މީހާއެވެ.
މިބަލީގައި ފުރަަަތަމަ މީހަކު މަރުވީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ.