ޙަޤީޤީ ވާހަކަ: ބައްޕަ ސަލާންޖަހާ މީހަކަށްވުމުން ޤަބޫލުނުކޮށް އަތަށް ވަކިލާރިއެއް ލައިދީފަ ފޮނުވާލި ޒުވާނަކަށް ލިބުނު ހިތްދަތިކަމުގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
ޙަޤީޤީ ވާހަކަ: ބައްޕަ ސަލާންޖަހާ މީހަކަށްވުމުން ޤަބޫލުނުކޮށް އަތަށް ވަކިލާރިއެއް ލައިދީފަ ފޮނުވާލި ޒުވާނަކަށް ލިބުނު ހިތްދަތިކަމުގެ ވާހަކަ!

ހެންރީ ނިޞްބަތްވަނީ ވަރަށް ފަޤީރު ޢާއިލާއަކަށެވެ. ހެންރީގެ އުމުރުން އެންމެ 6 އަހަރުގައި އައި ބިންހެލުމެއްގައި އޭނާ އާއި މައިން ބަފައިން ވަކިވިއެވެ. މައިންބަފައިންނަށް ހީވީ ހެންރީ މަރުވީ ކަމަށެވެ. ހެންރީއަކަށް އޭނާގެ މައިންބަފައިން ފެންނާނެ ގޮތެއް ނުވިއެވެ. 

ބިންހުލުމުގައި މައިންބަފައިން ގެއްލުނު ހުރިހާ ކުދިން ގެންދެވުނީ ޔަތީމުކުދިން ބަލަހައްޓާތަނަކަށެވެ. އެތަނުގައި ކުޑަދުވަސްކޮޅެއް ވީތަނާ އެހެން ޤައުމަކުން އައި ދަރިން ނުލިބޭ ވަރަށް މުއްސަނދި ދެމަފިރިއަކު ހެންރީ އާއި ހަވާލުވެގެން ގެންދިއައެވެ. 

ހެންރީ ބޮޑުވީ ވަރަށް ތަނަވަސްކަމުގައެވެ. ހެންރީގެ އެންމެ ބޮޑު މައްސަލައަކީ ފަޤީރުން ދެކެ ރުޅިއައުމެވެ. ހެންރީ ޤަބޫލުކުރާ ގޮތުގައި އެއީ އެއްވެސް ބައެއް ނޫނެވެ. އެމީހުންގެ ސަބަބުން މުޖުތަމައަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. 

ހެންރީ ކިޔަވާ ނިމި ބޮޑުވި ފަހުން އޭނާގެ ވާންއުޅޭ ބައިވެރިޔާއާއިއެކު އޭނާގެ ޤައުމަށް ދަތުރެއްކުރިއެވެ. އެދަތުރުގައި މަގުމަތިން ފަޤީރަކު ފެނުނެވެ. އޭނާއަށް ބަލައިލަން ބޭނުންނުވި ނަމަވެސް ކަންދިމާވިގޮތުން އޭނާއަށް ބަލައިލަންޖެހުނެވެ. ބަލައިލުމުން ހެންރީއަށް ފެނުނީ އޭނާކުޑައިރު އޭނާގެ ކަރުގައި އޭނާގެ ބައްޕަ އަޅުވާފައި އޮންނަ ފަށުފުލެއް އެމީހާގެ ކަރުގައި އޮއްވައެވެ. 

ހެންރީއަކަށް ނުހުރެވުނެވެ. އެއީ ކޮން ގޮތަކުން އޭނާއަށް ލިބުނު އެއްޗެއްކަމާއިމެދު ސުވާލުކުރިއެވެ. ޖަވާބުގައި އޭނާ ބުނީ އެއީ އޭނާގެ ދަރިފުޅު ހެންރީގެ ކަރުގައި އޭނާ އެޅުވި ފުލެއް ކަމަށާއި ހެންރީވަނީ ބިންހެލުމުގައި މަރުވެފައި ކަމަށެވެ. އެހެންކަމުން ދަރރިފުޅުގެ ހަނދާނަކަށް ކަރުގައި އަޅާފައި ބާއްވަނީ ކަމަށެވެ! 

ހެންރީ އިތުރު އެއްވެސް އެއްޗެއް ނުބުނެ އޭނާ ހޮސްޕިޓަލަށް ގެންދިއައެވެ. ޑީއެންއޭ ހެދުމުން އެއީ އޭނާގެ ބައްޕަކަން ޔަޤީންކުރެވުނެވެ. ނަމަވެސް ބައްޕައަކީ ސަލާންޖަހާ މީހަކަށްވުމުން ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. ރިޕޯޓް ސިއްރުކޮށްފައި އަތަށް ވަކިލާރިކޮޅެއް ދީފައި ފޮނުވައިލީއެވެ. 

ހެންރީ އެނބުރި އޭނާގެ މިހާރު ޤައުމަށް ދިއުމަށްފަހު ވިސްނަން ފެށިއެވެ. ބައްޕައާއިމެދު ކަންކަން ކުރެވުނު ގޮތާއިމެދު ހިތާމަކުރަން ފެށުނެވެ. މަންމަ ކޮބައިތޯ އަހައިނުލެވުނު ކަމާއިމެދުވެސް ހިތާމަކުރެވުނެވެ. 

ހެންރީއަކަށް ކެތެއް ނުކުރެވުނެވެ. އެންމެފަހުން އެނބުރި ބައްޕަ ހޯދަން ދިއައީއެވެ. ބައްޕަ އާއި ބައްދަލުވި ސަރަހައްދަސް ގޮސް ހޯދަންކުރި މަސައްކަތުން އެނގުނީ މީގެ 2 މަސް ދުވަސްކުރިން ބައްޕަ މިދުނިޔެ ދޫކޮށްފިކަމެވެ. 

ހެންރީއަށް ރޮއެގެންފައި ބުނެވުނެވެ. "ބައްޕާއެވެ! އަހަރެންނަށް މާފުކުރާށެވެ!" 

ހެންރީއަކީ މިހާރު މުސްކުޅިއެކެވެ! އަދިވެސް ކޮންމެ ދުވަހަކު ބައްޕަގެމަތިން ހަނދާންކޮށްފައި އޭނާގެ ލޮލުން ކަރުނަ އޮހޮރައެވެ! ބަލައި ބޮޑުކުރި މައިންަފައިންގެ ތަނަވަސްކަން ވަނީ އޭނާއަށް ވާރުތަކޮށްފައެވެ. ނަަމވެސް ލިބޭ ހިތްހަމަޖެހުމެއް އޮންނަ ކަމަކަށް ނުވެއެވެ! 

ނިކަން ބުނެބަލާށެވެ! ހެންރީ ފަދަ މީހަކަށް ވެވިއްޖެ ނަމަ ޤިޔާމަތް ދުވަހުން ސަލާމަތްވެވިދާނެހެއްޔެވެ؟ ބައްޕަ ނުވަތަ މަންމަ މާފުކުރާނެ ހެއްޔެވެ؟ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދޭނެ ހެއްޔެވެ؟ 

އެއްވެސް މީހެއްގެ ނަސްލަށް ނުވަތަ މާލީ ޙާލަތަށް ބަލައި އެއްވެސް މީހަކަށް ނަފްރަތުނުކުރާށެވެ! ތަނަވަސް ބިލިއަނަރުންވެސް އަދި އެންމެ ނިކަމެތި ފަޤީރުންނަކީވެސް ހަމަ ޢަބަދުﷲ އެވެ. ﷲ ތަޢާލާގެ އަޅުންނެވެ!

މިއަދު އޮންލައިން