ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާތީ، އާންމު ތަންތަނުގައި އުޅޭ އިރު މާސްކް އެޅުން ސަރުކާރުން މަޖުބޫރުކޮށްފިއެވެ.
ނެޝަނަލް ޓާސްކްފޯހުގެ މިއަދު މިގޮތަށް ނިންމީ ކޮވިޑް-19 ޖެހޭ މީހުން އަނެއްކާ ވެސް ގިނަވަމުން ދާތީ ކަމަށާއި އަދި މީހުންނާ ބައްދަލު ކުރުން މަދު ކުރުމަށާއި ގޭގައި ތިބެ މަސައްކަތް ކުރެވޭ ނަމަ ގޭގައި މަސައްކަތް ކުރުމަށާއި ގިނަގިނައިން އަތް ދޮވުމަށް ބާރު އަޅާ ކަމަށެވެ.
މި މަހުގެ 1 ން ފެށިގެން ލޮކްޑައުން އަށް ދިން ލުއިތަކާ އެކު، ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު މިދިޔަ ދެ ހަފުތާގައި މާލެ ސަރަހައްދުގައި އިތުރުވަމުންދާ ކަމަށާއި ދެވަނަ ލޮކްޑައުންއަކަށް ނުގޮސް ވާނެ ގޮތަކަށް ކަންކަން ކުރުމަކީ އެންމެންނާ ގުޅިފައިވާ ކަމެއް ކަމަށް ވެސް ރައީސް އޮފީހުން ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.