އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން ކޮރޯނާ ވައިރަހަށް 137 މީހުން ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭ އިންބުނެފިއެވެ. މިއީ ފުރަބަންދަށްފަހު އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ.
މިއަދު ޕޮޒިޓިވްވި 137 މީހުންގެ ތެރޭގައި ހިމެނެނީ 92 ދިވެހިންނާއި، 31 ބަންގްލަދޭޝްގެ މީހުނާއި، އިންޑިއާގެ 9 މީހުނާއި ސްރީލަންކާގެ 4 މީހެއްގެ އިތުރުން ފިލިޕީންސްގެ މީހެއް ކަމަށެވެ.
މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރު މިވަނީ 2547 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 3506 އަށް އަރައިފައެވެ. މި ބައްޔަށް މިހާރު ފަރުވާ ދެމުން އަންނަނީ 929 މީހަކަށެވެ.
މި ބަލީގައި 15 މީހަކު ވަނީ ނިޔާވެފައެވެ.