ފަންސާސް މީހުން މިއަދު ޕޮޒިޓިވްވިއިރު ތިރީސް ހަތަރު މީހުންނަކީ ދިވެހިން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 33ސ
ފަންސާސް މީހުން މިއަދު ޕޮޒިޓިވްވިއިރު ތިރީސް ހަތަރު މީހުންނަކީ ދިވެހިން!

އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވީ 50 މީހުން ކަމަށް އެޗްޕީއޭ އިންބުނެފިއެވެ. 

މިއަދު ޕޮޒިޓިވްވި 50 މީހުންގެ ތެރޭގައި ހިމެނެނީ 34 ދިވެހިންނާއި ބަންގްލަދޭޝްގެ 14 މީހަކާއި އިންޑިއާ ދެ މީހެކެވެ.

އިއްޔެވެސް 77 މީހުން ވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ. މިއަދާހަމައަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރު މިވަނީ 2534 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 3،302 އަށް އަރައިފައެވެ. 

މި ބަލީގައި 15 މީހަކު ވަނީ ނިޔާވެފައެވެ. 

މިއަދު އޮންލައިން