ބިދޭސީން 3 ގަޑިއިރު ގައި ކައިރިކޮށް ކިޔޫގަ ތިބުމަކުން ނުޖެހޭ! މިސްކިތުގަ ކައިރިވެލާއިރަށް ޖެހޭ! ރާއްޖޭގަ މިއުޅެނީ ކޮންކަހަލަ ކޮރޮނާއެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ބިދޭސީން 3 ގަޑިއިރު ގައި ކައިރިކޮށް ކިޔޫގަ ތިބުމަކުން ނުޖެހޭ! މިސްކިތުގަ ކައިރިވެލާއިރަށް ޖެހޭ! ރާއްޖޭގަ މިއުޅެނީ ކޮންކަހަލަ ކޮރޮނާއެއް؟

ބަންގްލަދޭޝް މީހުންގެ ގައިން ކޮރޯނާ ވައިރަސް ނުފެތުރޭނެ ކަމަށް އެޗްޕީއޭ އިން ނިމަވައިފިކަމަށް ޤަބޫލު ކުރެވެއެވެ. އެގޮތަށް ޤަބޫލުކުރެވެނީ އިއްޔެ މަޖީދީ މަގު މަސްޖިދުއްޛިކުރާ ކައިރީ ސަރަހައްދުގައިވެސް އަދި މިއަދު ގަލޮޅު ދަނޑު ސަހަރަހައްދުގައިވެސް ކިޔޫހެދުމުގައި ގައިދުރުކަމަށް އެއްވެސް ވަރަކަށް ސަމާލުކަންދީފައިނުވާތީއެވެ.

"މިއީ ޤަވާއިދާ ޚިލާފަށް ތިބި ތިބުމެއް ނޫން! ސަރުކާރުގެ އެންމެ ބާރުގަދަ މިނިސްޓްރީއިން އިންތިޒާމުކުރީ. ފުލުހުން އެތިބީ ކިޔޫތަރުތީބުކޮށް ބަލަހައްޓަން. މިއީ އަޅުގަނޑަށް ފެނިގެންވެސް ހަމަ މިގޮތަށް ގައިކައިރިކޮށް ކިޔޫހަދައިގެން އެތައް ގަޑިއިރަކު ތިބޭތާ 2 ވަނަ ދުވަސް! ވީމާ އެޗްޕީއޭ ޢާންމުކޮށް އިއުލާނު ނުކުރި ނަމަވެސް މިއޮތީ މިކަން އަމަލުން ދައްކާފަ!"

"އެޗްޕީއޭ އިން އެކަން ޢާންމުނުކުރަނީ މިސްކިތްތަކަށް ބިރުދެއްކުން ހުއްޓާލަން ޖެހިދާނެތީ ކަމަށް ބެލެވޭ! މިހާރު މިސްކިތްތަކުގަ އެގެންދަނީ ބަންގީގެ ކުރިންނާ ފަހުން ތަފާތު ބަހުރުވައިން އިންޒާރުތައް ދެމުން. ދެން ކޮރޯނާ މިހަދާގޮތަކީ ސުންނަތާ އެއްގޮތަށް ސަފުހެދީމާ އައިސް އަރައިގަންނަނީ. އަޅުކަމުން ބޭރުން މަގުމަތީގައާ ރެސްޓޯރަންޓްތަކާ އެހެންވެސް ތަންތަނުގަ ކިތަންމެ ވަރަކަށް ގައިކައިރިކުރިނަމަވެސް ކޮރޯނާ އަށް ފެންނަކަމަކަށްވެސް ނުވޭ. ނަމާދުގަ ސުންނަތާއެކު 15 މިނިޓުން ހުރިހާކަމެއް ނިމޭ. އެވަގުތުކޮޅު ކޮރޯނާ ވައިރަސް އަރައިގަންނަނީ. މިގޮތަށް ކިޔޫހަދައިގެން 2،3 ގަޑިއިރުވިޔަސް އެބައަކާ ކައިރިއެއްވެސް ނުވޭ! ރާއްޖޭގަ އުޅޭކަމަށް އެޗްޕީއޭ އިން މިބުނަނީ ވަރަށް ތަފާތު ކޮރޯނާއެއްގެ ވާހަކަކަން މިކަން ކަމުން މިއެނގެނީ!"

މިބާވަތުގެ އިތުރު މައްސަލައެއް ވެސް ވަނީ ކުރިމަތިވެފައެވެ. އެއީ ރޯޝަނީ މަގުގައި ސާމްޕަލް ނަގަން ބައަކު ގޮސް އެމްބިޔުލާންސް ބާއްވާފައި އޮތްއިރު އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ކޮންމެ ގެއަކަށްވެސް ވަދެވެއެވެ. ކޮރޯނާއެއް ނުޖެއެވެ. ނަމަވެސް އެމީހަކު ދިރިއުޅޭ ގެއާއި ހަމައަށް ސައިކަލްގައި ހިނގައްޖެ ނަމަ ސައިކަލަށް ކޮރޯނާ ޖެހިދާނެތީ ޖެހެނީ ފުލުހުން އަންގާތަނެއްގައި ސައިކަލް ޕާކުކޮށްފައި ހިނގާފައި ގެއަށްދާށެވެ!

 

މިއަދު އޮންލައިން