ސާޅިސް ފަސްމީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު މިއަދުވެސް ގިނައީ ދިވެހިން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 44ސ
ސާޅިސް ފަސްމީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު މިއަދުވެސް ގިނައީ ދިވެހިން!

އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވީ 45 މީހުންނެވެ. 

މިއަދު ޕޮޒިޓިވްވި 45 މީހުންގެ ތެރޭގައި ހިމެނެނީ 31 ދިވެއްސަކާއި ބަންގްލަދޭޝްގެ 12 މީހަކާއި އިންޑިއާގެ ދެ މީހުން ކަމަށެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރު މިވަނީ 2369 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 3044 އަށް އަރައިފައެވެ. އަދި މިބައްޔަށް ފަރުވާދެމުން އަންނަނީ 600 މީހުންނަށެވެ.

މި ބަލީގައި 15 މީހަކު ވަނީ ނިޔާވެފައެވެ. 

މިއަދު އޮންލައިން