އޮނަތިރީސް ދިވެހިންނާއެކު ތީރީސް ހަމީހުން މިއަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 40ސ
އޮނަތިރީސް ދިވެހިންނާއެކު ތީރީސް ހަމީހުން މިއަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެ!

އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން ކޮރޯނާ ވައިރަހަށް މިއަދު ޕޮޒިޓިވްވީ 36 މީހުންނެވެ. 

މިއަދު ޕޮޒިޓިވްވި 36 މީހުންގެ ތެރޭގައި ހިމެނެނީ 29 ދިވެހިންނާއި 5 ބަންގްލަދޭޝް މީހަކާއި އިންޑިއާގެ 2 މީހެކެވެ. 

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރު މިވަނީ 2362 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2966 އަށް އަރައިފައެވެ.

މި ބަލީގައި 15 މީހަކު ވަނީ ނިޔާވެފައެވެ. 

 

މިއަދު އޮންލައިން