ކޮރޯނާ ވައިރަސް ފާއިތުވި 2،3 ހަފްތާގައި ސްކޮޓްލަންޑުގެ 77 އިންސައްތަ މީހުންގެ މޫނު ނިވާކުރުވައިފި ކަމަށާއި މޫނު ނިވާކުރާ މީހުންގެ އަދަދު ދާނީ އިތުރުވަމުންކަމަސް އިނގިރޭސިވިލާތުގެ ކަމާއިބެހޭ ރަސްމީ އިދާރާއިން ހާމަކޮށްފިއެވެ.
ނޭޝަނަލް ސްޓެޓިސްޓިކް އޮފީހުގެ ހެޑް، ސްކައިނިޔުސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ސްކޮޓްލަންޑުގެ 77 އިންސައްތަ މީހުންގެ މޫނު ނިވާކޮށްފައިވާއިރު އިނގިރޭސިވިލާތުގެ 61 މީހުން މޫނު ނިވާކޮށްފައިވާ ކަމަށެވެ. އަދި މޫނު ނިވާކުރުމަކީ އިނގިރޭސިވިލާތުގައި އާދައަކަށް ވަމުން އަންނަ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
އަންހެނުންގެ މޫނު ނިވާކުރުމާ ދެކޮޅު ހަދައި ހަޖޫޖަހަމުން އަންނަ ޤައުމުތަކުގައި ކޮރޯނާ ވައިރަސް ގެންދަނީ އަންހެނުންނާއި ފިރިހެނުންގެ ވެސް މޫނު ނިވާކުރުވަމުންނެވެ.