އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން ކޮރޯނާ ވައިރަހަށް މިއަދު ޕޮޒިޓިވްވީ 14 މީހުންނެވެ.
މިއަދު ޕޮޒިޓިވްވި 14 މީހުންގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 3 ބަންގްލަދޭޝް މީހަކާއި އިންޑިއާގެ މީހެކެވެ. އަދި މިއަދު ބަލިން ރަނގަޅުވީ އެންމެމީހެކެވެ.
މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރު މިވަނީ 2340 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2913 އަށް އަރައިފައެވެ.
މި ބަލީގައި 15 މީހަކު ވަނީ ނިޔާވެފައެވެ.