ޕޮޒިޓިވްވާ ދިވެހިންގެ އަދަދު މައްޗަށް! މިއަދުވެސް ފަސްދޮޅަސް އަށްމީހަކު ޕޮޒިޓިވްވިއިރު ސާޅީސް ހަތް މީހުންނަކީ ދިވެހިން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 51ސ
ޕޮޒިޓިވްވާ ދިވެހިންގެ އަދަދު މައްޗަށް! މިއަދުވެސް ފަސްދޮޅަސް އަށްމީހަކު ޕޮޒިޓިވްވިއިރު ސާޅީސް ހަތް މީހުންނަކީ ދިވެހިން!

އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން ކޮރޯނާ ވައިރަހަށް 68 މީހުން މިއަދު ވަނީ ޕޮޒިޓިވްވެފައެވެ. 

މިއަދު ޕޮޒިޓިވްވި 68 މީހުންގެ ތެރޭގައި ހިމެނެނީ 47 ދިވެހިންނާއި ބަންގްލާދޭޝް 9 މީހަކާއި އިންޑިއާ 4 މީހަކާއި ފިލިޕިންސް 3 މީހަކާއި ލަންކާގެ 4 މީހަކާއި ނޭޕާލު މީހެކެވެ.

މީގެކުރިން މި ބަލި ގިނައިން ޖެހެމުންދިޔައީ ބިދޭސީންނަށް ނަމަވެސް ލޮކްޑައުން އުވާލުމާ އެކު މިހާރު ގިނައިން ބަލި ޖެހެނީ ދިވެހިންނަށެވެ. އިއްޔެވެސް 30 މީހުން ޕޮޒިޓިވްވިއިރު 29 މީހުންނަނީ ދިވެހިންނެވެ. 

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރު މިވަނީ 2339 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2899 އަށް އަރައިފައެވެ.

މި ބަލީގައި މިއަދު ވަނީ 15 ވަނަ މީހާ ނިޔާވެފައެވެ. އެއީ އައިޖީއެމްއެޗްގައި އެޑްމިޓްކުރި ކޮވިޑް-19 ގެ ބަލި މީހެއްގެ ފަރާތުން ބަލި ޖެހުނު 42 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއަދު އޮންލައިން