ކޮވިޑް ޖެހިގެން ދިވެހި ފިރިހެނަކު މަރުވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 30ސ
ކޮވިޑް ޖެހިގެން ދިވެހި ފިރިހެނަކު މަރުވެއްޖެ!

ކޮވިޑް-19 ޖެހިގެން ދިވެހި ފިރިހެނަކު މިއަދު މަރުވެއްޖެއެވެ.

މިކަމާގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ކޮވިޑަށް ފަރުވާ ދެމުންދަނިކޮށް މިއަދު މެންދުރު 12:25 ގައި މަރުވެފައިވަނީ އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މިމީހާއަކީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދިޔަ މީހެކެވެ. އަދި ރާއްޖެއިން ކޮވިޑް ޖެހިން މަރުވި ދިވެހިންގެ ތެރެއިން އެންމެ ހަގު މީހާއެވެ.

މިއީ މިބަލި ޖެހިގެން ރާއްޖޭގައި މަރުވި 15 ވަނަ މީހާއެވެ.

މިބަލީގައި ފުރަަަތަމަ މީހަކު މަރުވީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ.

މިއަދު އޮންލައިން