ގިނަ މައްސަލަތައް ކުރިމަތިވަނީ އަންހެނުން ދިއްލޭ ވަދުމަހަށްވެ، ހިލޭ ފިރިހެނުންނަށް އިތުބާރުކޮށް އެކަހެރިވާތީ!: ޝައިޚް ސަމީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ގިނަ މައްސަލަތައް ކުރިމަތިވަނީ އަންހެނުން ދިއްލޭ ވަދުމަހަށްވެ، ހިލޭ ފިރިހެނުންނަށް އިތުބާރުކޮށް އެކަހެރިވާތީ!: ޝައިޚް ސަމީރު

މިޒަމާނުގައި ވަދުދަމަންކުރާ ކަމަކީ ދޮށްޓެއްގައި އެމަކަށް ރަބަރު، ދުރަށް ފެންނަ ކުލަގަދަ، ދިއްލޭ މަހެއްގެ ސިފައިގައި އޮންނަ އެއްޗެއް ލާފައި ދުރަށް އެއްލުމަށްފަހު ދަމަނީއެވެ. ދެން މިވާގޮތަކީ އެއްކަލަ ދިއްލޭ ރަބަރުމަސް، މަސްތަކަށް ފެނުމުން އައިސް އެއިގައި ހުންނަ ބުޅިތަކުގައި އެޅިގަންނަނީއެވެ. އެޅުނީމާ ދަމައި ގެނެސް މަސްތައް ނަގަނީއެވެ.

މިއަދު އަންހެނުންނަށްވެސް މިކުރެވެނީ ހަމަ އެއް ޒާތެއްގެ ކަމެކެވެ. ޒީނަތްތެރިވެ ހަށިގަނޑި ދިއްލައިގެން ގައިގަ ކުލަ އުނގުޅައިގެން އެއްވެސް ފޮރުވުމެއްނެތި ފިރިހެނުންތަކުގެ ތެރެއަށް މަގުތަކަށް ނުކުމެވެނީއެވެ. ފިރިހެނުންނާއި މަސްހުނިވެވެނީއެވެ. އެކަހެރިވެސް ވެވެނީއެވެ! އެހިސާބުން މައްސަލަތައް ކުރިމަތިވާން މަގުފަހިވަނީއެވެ. 

ލޮބުވެތިކަނބަލުންނޭވެ! ކިތަންމެ ވަރަކަށް އިތުބާރުކުރި ނަމަވެސް ހިލޭ ފިރިހެނުންނާއިއެކު އެކަހެރިނުވާށެވެ! ލޯބިވެގެން ކަމަށް ބުނެ އެކަހެރިކުރުވާފައި ތަފާތު ގޯނާތައްކުރާ ވާހަކަތަކާއި ގޯނާ ކުރުމަށްފަހު އެއްލާފައި އޮންނަ ވާހަކަތައްވެސް އެބަ ޚަބަރުތަކުން އަޑުއިވެއެވެ. ލޯބިވެރިޔާ މަރައިލާ ވާހަކަވެސް އެބަ އަޑު އިވެއެވެ. 

އިސްލާމް ދީނުގައި ހިލޭ ފިރިހެނުންނާއި އަންހެނުން އެކަހެރިވުން ޙަރާމްކުރައްވަވާފައި ވަނީ މިފަދަ އަނިޔާތަކުން އަންހެނުން ސަލާމަތްކުރުމަށްޓަކައެވެ.

- ޝައިޚް އަހްމަދު ސަމީރުގެ ދަރުސަކުން 

މިއަދު އޮންލައިން