މިއަދު 30 މީހުން ޕޮޒިޓިވްވިއިރު 29 މީހުންނަކީ ދިވެހިން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 27ސ
މިއަދު 30 މީހުން ޕޮޒިޓިވްވިއިރު 29 މީހުންނަކީ ދިވެހިން!

އެޗްޕީއޭގެ މިއަދުގެ ޙިސާބުތައް ދައްކާ ގޮތުން ކޮރޯނާ ވައިރަހަށް 30 މީހުން މިއަދު ވަނީ ޕޮޒިޓިވްވެފައެވެ. 

މިއަދު ޕޮޒިޓިވްވި 30 މީހުންގެ ތެރޭގައި ހިމެނެނީ 29 ދިވެހިންނާއި ބަންގްލަދޭޝް މީހެކެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރު މިވަނީ 2321 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2831 އަށް އަރައިފައެވެ.

އިއްޔެވެސް ވަނީ މިބައްޔަށް ރާއްޖެއިން 39 މީހުން ޕޮޒިޓިވްވެފައެވެ.

މި ބަލީގައި މިހާތަނަށް 14 މީހުންވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން