މިއަދު ޕޮޒިޓިވްވީ އެއްތިރީސް މީހުން, ބަލިން ރަނގަޅުވީ 6 މީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 26ސ
މިއަދު ޕޮޒިޓިވްވީ އެއްތިރީސް މީހުން, ބަލިން ރަނގަޅުވީ 6 މީހުން!

އެޗްޕީއޭގެ މިއަދުގެ ޙިސާބުތައް ދައްކާ ގޮތުން ކޮރޯނާ ވައިރަހަށް 31 މީހުން މިއަދު ޕޮޒިޓިވްވެއްޖެއެވެ. ބަލިން ރަނގަޅުވީ 6 މީހުންނެވެ.

މިއަދު ޕޮޒިޓިވްވި 31 މީހުންގެ ތެރޭގައި ހިމެނެނީ 22 ދިވެހިންނާއި ބަންގްލަދޭޝްގެ 8 މީހުންނާއި އިންޑިއާ މީހެކެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރު މިވަނީ 2290 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2762 އަށް އަރައިފައެވެ.

މި ބަލީގައި މިހާތަނަށް 13 މީހުންވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން