މިއަދު ވެސް ފަންސާސް ދެދިވެހިން ޕޮޒިޓިވްވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 30ސ
މިއަދު ވެސް ފަންސާސް ދެދިވެހިން ޕޮޒިޓިވްވެއްޖެ!

އެޗްޕީއޭގެ މިއަދުގެ ޙިސާބުތައް ދައްކާ ގޮތުން ކޮރޯނާ ވައިރަހަށް 67 މީހުން މިއަދު ޕޮޒިޓިވްވެއްޖެއެވެ. މީގެތެރޭގައި 52 މީހުންނަކީ ދިވެހިންނެވެ. 

މިއަދު ޕޮޒިޓިވްވި 67 މީހުންގެ ތެރޭގައި ހިމެނެނީ 52 ދިވެހިންނާއި ބަންގްލަދޭޝްގެ 14 މީހުންނާއި އިންޑިއާ މީހެކެވެ.

އިއްޔެ ވެސް ވަނީ ރާއްޖެ އިން 34 ދިވެހިން ޕޮޒިޓިވްވެފައެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރު މިވަނީ 2284 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2731 އަށް އަރައިފައެވެ.

މި ބަލީގައި މިހާތަނަށް 13 މީހުންވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން